"ރިވެލި މަޢުރަޒު 2022" މިއަދު ފަށައިފި އެވެ.
މި މައުރަޒަކީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ މައުރަޒަކެވެ. ރަސްމީކޮށް މިއަހަރުގެ މައުރަޒު ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މި މައުރަޒު ކުރިޔަށްދަނީ ދަރުބާރުގޭގައި އެވެ.
މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެކެވެ.
މި މަޢުރަޒު ހުޅުއްވައި ދެއްވައި، މަޢުރަޒު ބައްލަވާލެއްވުމުގެ އިތުރުން، މެޑަމް ފަޒްނާ ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.
މި އަހަރުގެ މަޢުރަޒުގައި 95 ފަރާތަކުން ބައިވެރިވި އެވެ. އެ ފަރާތްތަކުން ވަނީ ފަސް ދާއިރާއަކުން އުފެއްދުންތައް ބައިވެރިކޮށްފައި އެވެ.
މިފަހަރު އުފެއްފުންތައް ބައިވެރިކޮށްފައިވަނީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިންނެވެ. މމި މައުރަޒުގައި މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުސަތުވެސް އޮވެ އެވެ.
"ރިވެލި މަޢުރަޒު 2022" ކުރިޔަށް ދާނީ، މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް