އާ ވައްތަރެއްގެ ޓިއުލިޕް މަލެއް ކިރިގިސްތާނުން ފެނިއްޖެ

އާ ވައްތަރެއް ޓިއުލިޕް މަލެއް ކިރިގިސްތާނުން ފެނިއްޖެ އެވެ. މި މާ ހޯދިފައިވަނީ އެ ގައުމުގެ ޖަލާލް އާބާދް ރީޖަންގައި ހިމެނޭ ޑިސްޓްރިކްޓެއްގެ ފަރުބަދަމަތީ ސަރަހައްދަކުންނެވެ. އާ ވައްތަރުގެ ޓިއުލިޕަށް ދީ...

14 Nov 2022 | 07:06

އާ ވައްތަރެއް ޓިއުލިޕް މަލެއް ކިރިގިސްތާނުން ފެނިއްޖެ އެވެ.

މި މާ ހޯދިފައިވަނީ އެ ގައުމުގެ ޖަލާލް އާބާދް ރީޖަންގައި ހިމެނޭ ޑިސްޓްރިކްޓެއްގެ ފަރުބަދަމަތީ ސަރަހައްދަކުންނެވެ. އާ ވައްތަރުގެ ޓިއުލިޕަށް ދީފައިވާ ނަމަކީ ޓޮކްޓޮގޫލިކާ ޓިއުލިޕެވެ.

މި މާ ހޯދި ޓީމުގައި ހިމެނެނީ ކޭމްބްރިޖް ޔުނިވާސިޓީގެ ބޮޓޮނިކް ގާޑަން އާއި، ފައުނާ އެންޑް ފްލޯރާ ފައުންޑޭޝަނާއި ކިރިގިސްތާނުގެ ނެޝަނަލް އެކަޑަމީ އޮފް ސައިންސްގެ ސައިންސްވެރިންތަކެކެވެ.

އެ މާ އެހެން ޓިއުލިޕް މާ ތަކާއި ވައްތަރު ގޮތްތަކެއް ހުރި ނަމަވެސް ހުރި ތަފާތަކީ އެ މަލުގައި ވަރަށް ގަދަ ރީނދޫ ކުލައެއް ހުރުމެވެ. އަދި ފިޔަގަނޑުގެ ބޭރު ފަށަލައިގައި ރަތް ކުލަ ކުރުމެވެ.

އެ މާ ފެނުމުން އެ ޓީމުން ވަނީ އެއީ ޓިއުލިޕްގެ ވައްތަރެއްތޯ ބެލުމަށް ކެމްބްރިޖް ޔުނިވާސިޓީއަށް ގެންގޮސް ޑީއެންއޭ ޓެސްޓު ހަދައި އެމީހުންނަށް ކުރެވުނު ހީ ޔަގީނަށް ބަދަލުކޮށްފައި އެވެ.

އެ ޓީމުގައި ހިމެނޭ ހުރިހާ ސައިންސްވެރިންވެސް ބުނީ އެއީ ލިބުނު އުފާވެރިކަމަކާއި އެއްވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އެ މަލަކީ ވަރަށް ތަފާތު މަލެއް ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް