މާންދޫ، މުޒާހަރާއާ ގުޅިގެން ވިސާމް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. މި މައްސަލަ ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. މާންދޫ...

14 Nov 2022 | 05:55

ލ. މާންދޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އެވެ. މާންދޫގައި މަސްވެރިން މުޒާހަރަކުރަނީ ވިއްކާ މަހަށް އަގު ނުލިބޭ މައްސަލައިގަ އެވެ.

މައްސަލަ ހުށަހަޅުއްވަމުން ވިސާމް ވިދާޅުވީ މާންދޫގައި ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީސްއަކީ ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިކަން ކުރަމުންދާ ފަރާތްތަކަށް މުހިންމު ތަނެއް ކަމަށެވެ. މިހާތަނަށް އައިއިރުވެސް މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެއްވެސް ވަރެއްގެ ހައްލެއް ހޯދައިދީފައިނުވާ ކަމަށެވެ.

އޭނާ އެދިވަޑައިގެންފައިވަނީ މަސްވެރިންނަށް އެ ކުންފުނިން ދޭންޖެހޭ ފައިސާ ވަގުތުން ދީ ހަލާކުރުމަށެވެ.

ވިސާމް ވިދާޅުވީ ބާނާ މަސް ނުކިރުމުގެ މައްސަލަ އާއި ކިރާ މަހަށް ފައިސާ ދޫނުކުރުމުގެ މައްސަލަތައް ފުނިޖެހި މަސްވެރިން ތިބީ ގޮތް ހުސްވެފައި ކަމަށެވެ. އެގޮތުން މިވަގުތުވެސް މާންދޫ ފަޅުގައި 26 ދޯންޏަކުން ފައިސާ ނުލިބިގެން އެ ހޯދުމަށް އިޖުތިޖާޖު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް