ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ގްރޯވަރު ސިންގް ގެ ދަރިފުޅަށް ކިޔާ ނަން އިއުލާނުކޮށްފި އެވެ.
ބިޕާޝާއަށް އަލަތު ދަރިފުޅު ލިބުނީ އިއްޔެ އެވެ. އެކަން އެ ދެމީހުން އިއުލާނު ކުރުމުގެ ކުރިން މީޑިއާއަށް ވަނީ ތިލަވެފައި އެވެ.
އާންމުކޮށް ބޮލީވުޑްގެ ތަރިން ވިހެއުމުން ދަރިންނަށްނަށް ކިޔާ ނަން ހާމަކުރަން މަހެއްހާ ދުވަސް ނެގިޔަސް ބިޕާޝާ އާއި ކަރަން އަމަލު ކުރީ ވަރަށް ތަފާތުކޮށެވެ.
އިންސްޓަގްރާމްގައި ވިހޭކަން އިއުލާނުކޮށް ބިޕާޝާ ކުރި ޕޯސްޓުގައި ވަނީ ދަރިފުޅަށް ކިޔާ ނަންވެސް އިއުލާނުކޮށްފައި އެވެ. ދަރިފުޅަށް ކިޔަނީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ.
އެ ޕޯސްޓުގައި ދަރިފުޅުގެ ފައިތިލަ ދެމަފިރިންގެ އަތް މަތީގައި ބާއްވައިގެން ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފައިވެ އެވެ.
https://www.instagram.com/p/Ck25DKZNmAo/
އެ ދެމީހުންނަށް ދަރިއަކު ލިބިފައިވަނީ ކައިވެންޏަށް ހަ އަހަރު ވީފަހުންނެވެ. އޭނާ ބަނޑުބޮޑުކަން އިއުލާނު ކުރީ މިދިޔަ އޯގަސްޓު މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް