ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލީޝަނުން މިއަދު ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވާން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެ ކޯލީޝަނުން ބުނެފައިވަނީ އެ ކޯލީޝަނުން ނިކުންނަނީ ޓެކްސް ބިލާއި ދެކޮޅަށް ކަމަށެވެ. ނިކުންނާނީ މިއަދު މެންދުރު 12:30 ގައި ކަމަށްވެސް ބުނެފައިވެއެވެ.
މި މައްސަލައިގާ މަޖިލިސް ދޮށަށް އެއްވާން އެ ކޯލީޝަނުން ނިންމާފައިވާއިރު ޖީއެސްޓިއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. ހުށަހަޅާފައިވަނީ ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާގޮތަށް އެ އިސްލާހު ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް