ވަރުން ބައްޕައަކަށް ވަނީ!

ބޮލީވުޑްގެ ބަތަލް ވަރުން ދަވަން ބައްޕައަކަށް ވާން އުޅޭކަމަށް ބެލެވެން ފަށައިފި އެވެ. ވަރުން ކައިވެނި ކޮށްގެން އުޅެނީ އޭނާ ސްކޫލް ދައުރުންފެށިގެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި އެ...

14 Nov 2022 | 03:49

ބޮލީވުޑްގެ ބަތަލް ވަރުން ދަވަން ބައްޕައަކަށް ވާން އުޅޭކަމަށް ބެލެވެން ފަށައިފި އެވެ.

ވަރުން ކައިވެނި ކޮށްގެން އުޅެނީ އޭނާ ސްކޫލް ދައުރުންފެށިގެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ނަތާޝާ ދަލާލް އާއި އެވެ. ދެމީހުން ކައިވެނި ކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވަރުންއަށް ދަރިއަކު ލިބެން އިޅޭ ކަން ފަޅާ އަރުވާލީ ސަލްމާން ހާން އެވެ. ވަރުން އާއި ކްރިތީ ސެނޯން ވަނީ ސަލްމާން ހާންގެ ޝޯ "ބިގް ބޮސް 16" ގައި އެމީހުންގެ ފިލްމު "ބޭދިޔާ" ޕްރޮމޯޓު ކުރަން ގޮސްފައި އެވެ.

އެ ޝޯގެ ތެރެއިން ސަލްމާން ކުޅޭ އެއްޗެއް ވަރުން އަތަށް ދިނުމުން ވަރުން ވަނީ އޭނާ އޭގެން ކުރާނީ ކީއްތޯ ސުވާލުކޮށްފައި އެވެ.

ޖަވާބުގައި ސަލްމާން ބުނީ އެއީ ވަރުންގެ ދަރިފުޅަށް ދޭ ހަދިޔާއެއް ކަމަށެވެ. ވަރުން ވަރަށް ލަދުރަކި ފާޑަކަށް އޭނާގެ އަދި ދަރިއަކު ނުހުންނަކަމަށް ބުނުމުން ސަލްމާން ވަނީ އެ ކުޅޭ އެތި ގެއަށް ގެންދާހާ އަވަހަކަށް ގެއަށް ދަރިއަކުވެސް ގެންދެވޭނެ ކަމަށް ބުނެފި އެވެ.

https://www.instagram.com/p/Ck20Jv8jfzH/

ރިޕޯޓުތައް ބުނާގޮތުގައި ސަލްމާން ދައްކާ އެފަދަ ވާހަކަތަކުގައި ހަގީގަތެއް އެކުލެވިގެންވާނެ އެވެ.

އެގޮތުން މީގެ ކުރީގެ ބިގް ބޮސްގެ އެޕިސޯޑެއްގައި ސަލްމާން ވަނީ ސިދާތް މަލޯތްރާ އާއި ކިއަރާ އަދުވާނީ ކައިވެނި ކުރަން އުޅޭކަންވެސް ނުސީދާކޮށް ހާމަކޮށްފައި އެވެ.

ސަލްމާން މިހެން ބުނި ނަމަވެސް ދަރިއަކު ހޯދުމާއި ގުޅޭގޮތުން ވަރުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް