ބައްރު: އޭސިއާ
ފީފާ ރޭންކިން:24
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު:6
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1998
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ބުރު (2002 ،2010، 2018)
ކޯޗު
ނަން: ހާޖިމީ މޮރިޔަސޫ
ގައުމު: ޖަޕާން
އުމުރު: 54
ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު
ޖަޕާން ޓީމުގެ ކޯޗު ހަޖިމީ މޮރިޔަސޫ އަކީ ޖަޕާން ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ޖަޕާން ޓީމުގެ ކޯޗުކަމާއި ހަވާލުވި މޮރިޔަސޫ ކޯޗިން ދާއިރާއަށް ނިކުތީ 2012 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބު ސަންފްރެއްޗޭ ހީރޯސިމާ އަށެވެ. އޭނާ ވަނީ ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމަށް ވެސް ކޯޗު ކޮށްދީފައެވެ. އެޓީމަށް 2018 ވަނަ އަހަރުގެ އޭސިއަން ގޭމްސް ސިލްވަ މެޑަލް ހޯދައިދިނެވެ. މޮރިޔަސޫ ވަނީ ޖަޕާނުގެ ސީނިއަރ ޓީމާއި ހަވާލުވެ އެ ތީމަށް 2019 ވަނަ އަހަރުގެ އޭސިއަން ކަޕް ރަނަރަޕްކަން ވެސް ހޯދައިދީފައެވެ. އަދި މީގެ އިތުރުން މި އަހަރު ބޭއްވުނު އީއޭއެފްއެފް އީ ވަން ފުޓްބޯޅަ ޗެމްޕިއަންޝިޕް ވެސް ޖަޕާން ޓީމަށް ކާމިޔާބު ކޮށްދިނެވެ. މިފަހަރުފެ ވޯލްޑް ކަޕް މުބާރާތަކީ މޮރިޔަސޫގެ ފުރަތަމަ ވޯލްޑް ކަޕް ތަޖުރިބާއެވެ.
މުހިންމު ކުޅުންތެރިން
ޓަކޫމީ މިނަމީނޯ
ޖަޕާނުގެ ޔޫތް ޓީމަށް ކުޅުމަށް ފަހު އުމުރުން 27 އަހަރުގެ މިޑްފީލަޑަރު މިނަމީނޯ ޖަޕާންގެ ސީނިއަރ ގައުމީޓީމަށް ކުޅެން ފެށީ 2015 ވަނަ އަހަރުގައެވެ. މިނަމީނޯ ފުޓްބޯޅަ ކެރިއަރު ފެށީ 2012 ސެރެޒޯ އޮސާކާއިންނެވެ. ސެރެޒޯ އޮސާކާގައި ތިން އަހަރު ހޭދަކުރުމަށް ފަހު މިނަމީނޯ ޖަރުމަންގެ ރެޑްބުލް ސާލްބާގަށް ބަދަލުވީ 2014 ވަނަ އަހަރުގައެވެ. އެޓީމުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު 2019 ވަނަ އަހަރު އިނގިރެސި ކުލަބު ލިވަޕޫލަށް އޭނާ ބަދަލުވިއެވެ. މިނަމީނޯ މިހާރު ކުޅުމެނުން އަންނަނީ ފްރާންސްގެ މޮނާކޯއަށެވެ. މިނަމީނޯ ވަނީ ޖަޕާން ޓީމަށް މިހާތަނަށް ކުޅެދިން 43 މެޗުގައި 17 ގޯލު ޖަހައިދީފައެވެ.
ޓަކެހީރޯ ޓޮމިޔާސޫ
އާސެނަލްގެ ޑިފެންޑަރ ޓޮމިޔާސޫއަކީ މިވަގުތު ޖަޕާން ޓީމުގައި ހިމެނޭނެ އެންމެ މުހިންމު ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ޖަޕާންގެ ގައުމީޓީމަށް ކުޅެން ފެށި ޓޮމިޔާސޫ ވަނީ މީގެ ކުރިން އިޓަލީގެ ބޮލޯނާއަށްވެސް ކުޅެފައެވެ. 2019 ވަނަ އަހަރު އޭއެފްސީ އޭސިއަން ކަޕްގެ ފައިނަލަށް ޖަޕާން ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އޭނާ އަދާކުރިއެވެ. ޓޮމިޔަސޫވަނީ މިހާތަނަށް ޖަޕާން ޓީމަށް ކުޅެދިން 29 މެޗުގައި އެއް ގޯލު ޖަހައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް