ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން އެމްއެންޑީއެފުން ބުނެފައިވަނީ ރެހެންދި ސްކޫލުގެ ގްރައުންޑް ފްލޯ އަދި އެންމެ މަތީ ފްލޯގައި ހުރި ކަރަންޓު ބޯޑުގައި އަލިފާން ރޯވީ ކަމަށެވެ.
"ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން އަލިފާން ނިއްވާލައިފި 07:19 ހާއިރު" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް