ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ. ހުދު، މި ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފ...

14 Nov 2022 | 00:51

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

ހުދު، މި ސަމާލު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 06:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށެވެ.

ހުދު، މި ސަމާލުގައި ބުނެފައިވަނީ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށިގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް