ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އިއްޔެވެސް ކަނޑުގެ ބޮޑު ސަރަހައްދެއް ބަލާފައިވާކަމުގައި ކޯސްޓްގާޑުން ބުނެފިއެވެ.
އެގޮތުން، ވައިގެ މަގުންނާއި ކަނޑުމަގުން ގެއްލުނު މީހާ ހޯދުމަށް އިއްޔެގެ އިރުއޮއްސުމާ ހަމައަށް 900 ސްކެއަރ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައެވެ. އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުނ އިއްޔެ ވެސް އެ މީހާ ފެނިފައެއް ނުވެއެވެ. މި މީހާ ހޯދުމުގެ މަސައްކަތް މިއަދުވެސް ވެސް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ކުރިއަށް ގެންދާނެކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީއެކެވެ.
މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުތީގެ އެ ހާދިސާގައި ބަންޑުން ޖަހާލާފއިވަނީ “ލިއޯ ސަކްސެސް” ނަމަކަށްކިޔާ ލޭންޑިން ކްރާފްޓެކެވެ. އެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ގދ. ފަރެސްމާތޮޑާއިން ފުރައިގެން އައްޑޫސިޓީއަށް ދަތުރުކުރަމުންދަނިކޮށެވެ.
އެ ހާދިސާ ހިނގިއިރު އެ ލޭންޑިން ކްރާފްޓުގައި ހަތަރު ފަޅުވެރިއަކު ތިބި ކަމަށާއި ސަލާމަތްކުރެވުނު ތިން ފަޅުވެރިއަކު ސަލާމަތްކުރެވުނުކަމުގައި އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް