އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ބައިވެރިއަކަށް މަރުގެ ހުކުމް އިއްވައި ފަސް މީހަކަށް ޖަލު ހުކުމް އިއްވައިފިއެވެ.
އިރާނަކީ މަރުގެ ހުކުމް ތަންފީޒުކުރާ ގައުމެކެވެ. އެކަކަށް މަރުގެ ހުކުމް ފަސް މީހަކަށް ޖަލުގެ ހުކުމް އިއްވާފައިމިވަނީ މާސާ އަމީނީއާއި ގުޅުންހުރި މުޒާހަރާތަކާއި ގުޅިގެންނެވެ. ޖަލު ހުކުމް އިއްވި ފަސް މީހުންގެ މައްޗަށް 10 އަހަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.
މަރުގެ ހުކުމް އިއްވި މީހާއަކީ މުޒާހަރާތަކުގެ ތެރެއިން ސަރުކާރު އިމާރާތެއްގައި އަލިފާން ރޯކޮށްލި މީހެއްކަމުގައި ރިޕޯޓްތައް ބުނެއެވެ.
އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާއަކީ އުމުރުން 22 އަހަރުގެ މާސާ އަމީނީގެ މަރާއި ގުޅިގެން ފެށުނު މުޒާހަރާތަކެކެވެ. އަމީނީ މަރުވީ އާއްމުތަނެއްގައި އޭނާ "ފެޝަން ބުރުގާ" އަޅައިގެން އުޅެނިކޮށް ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު ދޫކޮށްލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
މި މުޒާހަރާތަކުގައި މިހާތަނަށް އާއްމުންނާއި ސަލާމަތީ ހިދުމަތްތަކާއިދެމެދު ހިނގާފައިވާ ކުރިމަތިލުންތަކުގައި 300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
އީރާނުގައި "ފެޝަން ބުރުގާ" (ކަރުން ބައެއް، ބޮލުން ބައެއް ފެންނަ ގޮތަށް ހުންނަ ބުރުގާ) އާއްމުތަނެއްގައި އަޅައިގެން އުޅުމަކީ މަނާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް