ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މުސްލިމުން މި ސީޒަންގައި މިހާތަނަށް އުމްރާގެ އަޅުކަން އަދާކޮށްފި

އުމްރާގެ މި ސީޒަނުގައި ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މުސްލިމުން އުމްރާގެ އަޅުކން އަދާކޮށްފައިވާކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. އެގޮތުން ކަނޑުމަގާއި ވައިގެ މަގުން އަދި އެއްގަމު މަގުން، އުމްރ...

14 Nov 2022 | 00:16

އުމްރާގެ މި ސީޒަނުގައި ގާތްގަނޑަކަށް ދެ މިލިޔަނެއްހާ މުސްލިމުން އުމްރާގެ އަޅުކން އަދާކޮށްފައިވާކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.

އެގޮތުން ކަނޑުމަގާއި ވައިގެ މަގުން އަދި އެއްގަމު މަގުން، އުމްރާގެ އަޅުކަން އަދާކުރުމަށް މި އަހަރުގެ ޖުލައި މަހުގެ 30 އިން ފެށިގެން މިހާތަނަށް 1،964،964 މުސްލިމުން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތްކޮށްފައިވާކަމުގައި އެ ގައުމުން ބުނެއެވެ.

އެ އަދަދަށް ބަލައިލާއިރު އޭގެތެރެއިން 1.7 މިލިޔަން މުސްލިމުން ދަތުރުކޮށްފައިވަނީ ވައިގެމަގުންނެވެ. އެއްގަމު މަގުން 180،363 މީހަކު ސައޫދީއަށް ދަތުރުކޮށްފައިވާއިރު ކަނޑުމަގުން ދަތުރުކޮށްފައިވަނީ 1209 މީހެކެވެ.

ގައުމުތަކަށް ބަލައިލާއިރު އެންމެ ގިނައިން ދަތުރުކޮށްފައިވަނީ އިންޑޮނޭޝިޔާއިންނެވެ. އެ ގައުމުން އެކަނި 551،410 މީހަކު މި ސީޒަންގައި އުމްރާއަށް ގޮސްފައިވެއެވެ. ޕާކިސްތާނުން 370،083 މީހަކު، އިންޑިއާއިން 230،794، އިރާގުން 150،109 ، މިސްރުން 101،657 އަދި ބަންގްލަދޭޝް އިން 11،984 މީހަކު އުމްރާގެ އަޅުކަމަށް މި ސީޒަނުގައި ސައޫދީ އަރަބިއްޔާއަށް ދަތުރުކޮށްފައިވެއެވެ.

ސައޫދީން ހާމަކޮށްފައިވާގޮތުގައި އުމްރާގެ ލައިސަންސް ދޫކުރާ 470 ކުންފުންޏެއް ސައޫދީގައި ހަރަކާތްތެރިވަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް