ޕްރޮޕަގަންޑާ ފަތުރަން އިދިކޮޅުން ބޭނުންކުރަނީ އަލަށްފެށި ކުޑަކުޑަ އެސޯސިއޭޝަނެއް: އެމްޕީ އިކްރާމް

އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީން މި ސަރުކާރާއި ދެކޮޅު ޕްރޮޕަގަންޑާ ފަތުރަން ބޭނުންކުރަނީ އަލަށް ފަށައިގެން އުޅޭ ކުޑަކުޑަ އެސޯސިއޭޝަނެއް ކަމުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް...

14 Nov 2021 | 17:33

އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީން މި ސަރުކާރާއި ދެކޮޅު ޕްރޮޕަގަންޑާ ފަތުރަން ބޭނުންކުރަނީ އަލަށް ފަށައިގެން އުޅޭ ކުޑަކުޑަ އެސޯސިއޭޝަނެއް ކަމުގައި ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

@peaceresearch11 މި ނަމުގައި ހަދާފައިވާ ޓްވިޓާ ހޭންޑަލެއް ޓެގްކުރައްވައި އެމްޕީ އިކްރާމް ވިދާޅުވެފައިވަނީ މި ޓްވިޓާ އެކައުންޓެއް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަަހުގައި ކަމަށާއި ތިބީ 221 ފޮލޯވަރުން ކަމަށެވެ.

އެ ޓްވިޓާ ހޭންޑަލް ނިސްބަތްވަނީ ލަންޑަން އިންސްޓިޓިއުޓް އޮފް ޕީސް ރިސާޗް ކިޔާ ޖަމިއްޔާއަކަށެވެ.

https://twitter.com/ikramhassan/status/1459903365379342338

އިކްރާމް ވިދާޅުވެފައިވަނީ އެ އެސޯސިއޭޝަންގެ ޗެއާމަނަކީ ހޮލިޑޭ ރިސޯޓް ބިލްޑަރެއް ކަމުގައި ބުނެފައިވާއިރު ސީއީއޯއަކީ އިންޑިޕެންޑެންޓް ފައިނޭންޝަލް ކޮންސަލްޓެންޓެއް ކަމަށް ބުނެފައިވާކަމަށެވެ.

ލަންޑަން ޕީސް ރިސާޗް އިންސްޓިޓިއުޓްގެ ވެބްސައިޓަށް ބަލާލާއިރު އެ ކުންފުނީގެ ޗެއާމަން ފިޔަވާ އެހެން ފަރާތެއްގެ ފޮޓޯވެސް ޖަހާފައިނުވާކަން އިކްރާމް ފާހަގަކުރައްވާފައިވެއެވެ.

އެ ވެބްސައިޓަށް ބަލާލާއިރު އިދިކޮޅުން މި ފަހަކަށް އައިސް މާލޭގައި ކުރަމުން އަންނަ މުޒާހަރާތަކާއި އިންޑިއާ އައުޓް މޫވްމަންޓްގެ ހަބަރުތައް ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް