ޒރ. ޒިޔާދުގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅަނީ

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަޅަން ނިންމައިފި އެވެ. ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ ރ...

14 Nov 2021 | 17:26

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާކަމަށް ދަށު ކޯޓުން ކުރި ހުކުމް އިސްތިއުނާފަށް ހުށަޅަން ނިންމައިފި އެވެ.

ޒިޔާދުގެ މައްޗަށް ދައުލަތުން އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ. އެއީ އޭނާ މިނިސްޓަރަކަށް ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލު ކުރި މައްސަލާގަ އެވެ.

އެ ދައުވާ ޑރ. ޒިޔާދުގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިމަހުގެ ދެ ވަނަ ދުވަހު އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އެ ހުކުމު ރަނގަޅުކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށެވެ. އަންނަ ހަފުތާގައި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޑރ. ޒިޔާދުގެ އިތުރުން އޭރުގެ އިސްލާމިކް މިިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ މ. މުހައްމަދީއާބާދު އިިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރެ އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެ ބޭފުޅުންގެ މައްޗަށްވެސް ދައުވާ ސާބިތު ނުވާ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ހެދި އެއްބަސްވުން މި ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުނިން ވަނީ ބަދަލުގެ ގޮތުގައި 141 މިލިއަން ރުފިޔާ ހޯދަން ކޯޓަށް ހުށަހަޅައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް