މިއަދު ރާއްޖެއިން އިތުރު 127 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެއީ މާލެ ސަރަހައްދުން 25 އަދި ރަށްރަށުން 88 މީހުންނާއި ހިންގަމުން އަންނަ ރިސޯޓްތަކުން 14 މީހުންނެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 2،196 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 4،183 ސާމްޕަލެއް ޓެސްޓް ކުރެވިފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުގެ ހާލަތު އަނެއްކާވެސް ރާއްޖޭގައި ގޯސްވެދާނެ ކަމުގެ ނިޝާންތަކެއް މިވަނީ ފެންނަން ފަށާފައެވެ. މޮނީޓަރިން ހާލަތުގައި 30 އަށްވުރެ ގިނަ ރަށް އޮތް އިރު މިއަދު އެކަނި ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވެއެވެ. ކޮވިޑަށް ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދު 100 އިން މަތީގައި ހުންނަތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.
ރާއްޖެއިން ކޮވިޑުގައި މިހާތަނަށް 247 މީހަކު ކޮވިޑުގައި ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް