ފީނަން އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިޔަކު މަރުވެއްޖެ

ގއ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 35އ ފަ...

14 Nov 2021 | 16:45

ގއ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުގައި މަރުވެފައިވަނީ އަމާރި ހަވޮއްޑާ މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ 35އ ފަތުރުވެރިއެކެވެ.

ފުލުހުން ވިދާޅުވީ މިއަދު ގއ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކްލިންއަށް ގޮސް އުޅުނު 35 އަހަރުގެ އިނގެރޭސި ވިލާތަށް ނިސްބަތްވާ ފިރިހެނަކު ހާލު ދެރަވެގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ  މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަަމަށް ވިދާޅުވީ މިއަދު ހަވީރު 16:30 ގައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެ ފަތުރުވެރިޔާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު އިރުއޮއްސި 18:12 ހާއިރު މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި މިހާރު

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ބަލާ ތަހުޤީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް