މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެ މީހާ އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ...

14 Nov 2021 | 12:44

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ މީހާ އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މާލޭގެ މައްޗަންގޮޅީގައި ހުރި ފަޅު ގެއަކުން ކުނިވަސްދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަަދު 15:42 އެހާކަންހާއިރު ފުލުހުން އެ ގެއަށް ގޮސް ބަލާފައިވާ ކަމަށެވެ.

އަދި އެގޭގެ ތެރެއިން މަރުވެފައި އޮތް 37އ ދިވެހި ފިރިހެނަކު ފެނިފައިވާ ކަަމުގައި ވިދާޅުވިއެވެ. އަދި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންނެވެ.

އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި ފުލުހުންގެ ޚާއްސަ ޓީމެއް މިހާރު އެ ސަރަހައްދުގައި ހަރަކާތް ތެރިވަމުން އެބަ އާދެއެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެގޭތެރޭގައި މަރުވެފައި އޮއްވަ ފެނިފައިވަނީ އެ ގެއަށް ނިސްބަތްވާ މުހައްމަދު މުޖުތަބާއެވެ. އަދި އެ ގެ ހުސްކޮށްފައި ހުރީ އިމާރާތް ކުރަންވެގެން ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް