އެމްޓީސީސީގެ ޑްރައިވަރުން ޤަވާއިދާއި ޚިލާފު ވާނަަމަ ރިޕޯޓު ކުރޭ: އާޒިމް

ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުން ޤަވާއިދާ ހިލާފުވާނަމަ ވަގުތު އެކަ...

14 Nov 2021 | 12:21

ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުން ޤަވާއިދާ ހިލާފުވާނަމަ ވަގުތު އެކަން އެންގުމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑްރައިވަރުންނާއި ލޯންޗު ކެޕްޓަނުންނަށް ޓްރެފިކް ގަވާއިދުތައް އަބަދުވެސް ކިޔައިދެމުން އަންނަ ކަމުގައެވެ. އެހެންކަމުން އެއްވެސް ފަރާތަކަށް އެމްޓީސީސީގެ ޑްރައިވަރެއް ޤަވާއިދާ ހިލާފުވާނަމަ އެކަން 1650 އަށް ގުޅައިގެން ތަފްސީލް މައުލޫމާތު ރިޕޯޓު ކުރެއްވުމަށް ނުވަތަ މެއިލްގެ ޒަރީއާއިން ނުވަތަ އެކަން އެންގުމަށް އެދިލައްވާފައި ވެއެވެ.

އާޒިމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައި ވަނީ އަބަދުވެސް އެ ކުންފުންޏަށް އެންމެ މުހިންމުވާނީ މުވައްޒަފުންނާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަމުގައެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ.  ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް