ޕެންގުއިނަކަށް އޮޅިގެން ނިއުޒިލެންޑަށް ދެވިއްޖެ!

ޕެންގުއިންއަކަށް އޮޅިގެން ދަތުރު ކުރަމުން ގޮސް ނިއުޒިލޭންޑަށް ދެވިއްޖެ އެވެ. އެ ޕެއިންގުއިން ފެނުނީ ނިއުޒިލެންޑުގެ ކްރިސްޓްްޗާޗް ސިޓީގެ އައްސޭރިފަށުގެ ސަރަހައްދުންނެވެ. އާދެވިފަ އިން ތަނެއް ނޭނގިގެން ...

14 Nov 2021 | 10:37

ޕެންގުއިންއަކަށް އޮޅިގެން ދަތުރު ކުރަމުން ގޮސް ނިއުޒިލޭންޑަށް ދެވިއްޖެ އެވެ.

އެ ޕެއިންގުއިން ފެނުނީ ނިއުޒިލެންޑުގެ ކްރިސްޓްްޗާޗް ސިޓީގެ އައްސޭރިފަށުގެ ސަރަހައްދުންނެވެ. އާދެވިފަ އިން ތަނެއް ނޭނގިގެން އެކި ދިމަދިމާ ހޯދާފަދަ ގޮތަކަށް އެ ޕެންގުއިން އިންތަން ފެނުނީ ވަޒިފާ އަދާ ކުރުމަށް ފަހު ހަވީރު ހިނގަން ނުކުމެ އުޅުނު މެދު އުމުރުގެ ދެމަފިރިއަކަަށެވެ.

އެމީހުން ބުނީ ދުރުން ޕެންގުއިން އެކަނިވެރިވެފަ، އެއްވެސް އަސަރެއް ނެތް ގޮތައް އެއް ދިމާލަކަށް ބަލަހައްޓައިގެން އިނުމުން ފުރަތަަމަ ހީކުރީ އެއީ ކުޅޭ ޕެންގުއިން އެއް ކަމަށެވެ. އެކަމަކު ޕެންގުއިންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓަ އޭތި ބޯތަޅުވާލުމުން އެއީ އަސްލު ޕެންގުއިންއެއްކަން އެނގު ކަމަށެވެ.

އެންޓާޓިކާގައި ދިރިއުޅޭ ޕެންގުއިން ފެނުނު، ކްރިސްޓްޗާޗް ސިޓީއާ ދެމެދުގެ ދުރުމިނަށް ބަލާއިރު ޕެންގުއިން 3،000 ކިލޯމީޓަރު ދަތުރުކޮށްފައިވެ އެވެ.

އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕެންގުއިންގެ އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮސް ލޭގެ ޓެސްޓެއް ހަދާފަ އެވެ. ނަތީޖާ ދެއްކިގޮތުން އެ ޕެންގުއިން ވަނީ ދިގު ދަތުރެއް ކުރުމުގެ ސަބަބުން ހަކަތަދަށްވެ، ބަރުދަން ލުއިވެފަ އެވެ.

މިހާރު ނިންމާފައިވަނީ ޕެންގުއިން ގެންގޮސް އަމިއްލައަށް އެންޓާޓިކާއަށް ދެވޭ ހިސާބު ދުރަށް ދޫކޮށްލާށެވެ.

މިއީ އެ ވައްތަރުގެ ޕެންގުއިންއެއް ނިއުޒިލެންޑަށް ދިޔަ ތިން ފަހަރަނެވެ. މީގެ ކުރިން އޮޅިގެން އެންޓާޓިކާއިން ޕެންގުއިންއަކަށް އެ ގައުމަށް ދެވިފައިވަނީ 1962 އާއި 1993 ގައި އެވެ. ތަޖުރިބާކާރުން ބުނާގޮތުގައި އޮޅިގެން ޕެންގުއިންއަށް މިފަދަ ގިނަ ދަތުރުތަކެއް ކުރުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އެކަމަކު މި ފަހުން މޫސުމަށް އަންނަ ބަދަލާއި އެކު ދޫނިސޫފާ ސޫފި އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރުން ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް