މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޕައިލެޓުންނަށް މުސާރަ ދޭނެ ފައިސާ ހިމަނައިދިނުމަށް 2022 ވަނަ އަހަރުގެ ބަޖެޓު ދިރާސާ ކުރާއިރު އެދޭނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް މިހެން ވިދާޅުވެފައި މިވަނީ އެމްއެންޑީއެފަށް ޕައިލެޓުން ނުލިބޭ އެއް މައްސަލަ އަކީ އެހެން އެއަރ ލައިންތަކާ އެއްވަރުގެ މުސާރައެއް ނުލިބޭތީ ކަމުގައި އެ މުއައްސަސާ އިންބުނެފައިވާތީ އެވެ.
ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2019 ވަނަ އަހަރާއި، 2020 ،2021 އަދި 2022 ވަނަ އަހަރު ހިމެނޭހެން މީގެން އެއްވެސް އަހަރެއްގެ ބަޖެޓުގައި އެމްއެންޑީއެފް މުސާރަ ދޭނެ ފައިސާ ސަރުކާރުން ހިމަނާފައި ނުވާ ކަމުގައެވެ.
މީގެ އިތުރުން ކޮންމެހެން ވެސް 2022 ވަނަ އަހަރު ބަޖެޓް ދިރާސާ ކުރާއިރު އެންއެންޑީއެފް ޕައިލެޓުންނަށް ދޭނެ ފައިސާ ބަޖެޓުގައި ޖަހައިދޭން އޭނާ ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި "އެވަރުގެ ކަމެއް ކޮށްނުދެވޭ ބަަޔަކަށް ސަރުކާރުތޯ ކިޔަންވީ" ޝިޔާމްގެ ޓްވީޓްގައި ސުވާލު އުފައްދާފައި ވެއެވެ.
ޝިޔާމް މި މޭރުމުން ވާހަކަ ވާހަަކަ ދައްކަވާފައި މިވަނީ، ޑޯނިއާ ދުއްވުމަށް އެކަށީގެންވާ ޕައިލެޓުން ނުލިބުމުގެ މައްސަލަ އެމްއެންޑީއެފުން ހާމަކުރުމާއި ގުޅިގެން ނެވެ.
އެ މުއައްސަސާއިން ބުނެފައިވަނީ ޕައިލެޓުން ލިބުމުގައި ދަތިކަން އޮތް އިރު ވެސް 2019 އިން 2022 އަށް ސަރުކާރުން ކަނޑައެޅި ބަޖެޓްތަކުގައި އެމްއެންޑީއެފްގެ ޕައިލެޓުންނަށް މުސާރަ ދޭނެ ފައިސާ ހިމަނާފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް