އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ޝީއާ މުސްލިމުން އުޅޭ ސަރަހައްދެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިފި އެވެ.
މި ގޮވުން ގޮއްވާލާފައިވަނީ މިނީ ބަހެއްގައި ބޮމެއް ހަރުކޮށްގެންނެވެ. މި ހާދިސާގައި އެކަކު މަރުވެ ހަތަރު މީހުން ޒަހަމްވެފައިވެ އެވެ.
މަންޒަރުދުށް މީހުން ބުނީ ގޮވުން ގޮވީ އެ މިނީ ބަސްު ކައިރީ ހުއްޓިގެން ހުރި މީހަކު ގޮސް އެތާ ކައިރީގައި މަޑު ކުރި ބަހަކަށް އަރައި ބަސް ދުއްވާލި ފަހުން ކަމަށެވެ. އޭނާ ބުނީ އެމީހާ އުޅުނު ގޮތަށް ބަލާއިރު ބޮން ގޮއްވާލީ އެމީހާ ބަހަށް އެރުމަށް ފަހު ރިމޯޓަކުން ކަމަށް ބެލެވެ އެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެ އެވެ. އެކަމަކު ހަމަލާދިން ސަރަހައްދަށާއި، ކުރިން މިފަދަ ހަމަލާތައް ދިން ސަރަހައްދުތަކަށް ބަލާއިރު މިއީ އައިއެސްގެ ހަމަލާއެއް ކަމަށް ގަބޫލު ކުރެ އެވެ.
މި ހާދިސާ އާއި ގުޅިގެން މިހާތަނަށް ތޯލިބާން ސަރުކާރަށް އެއްވެސް މިހަކު ހައްޔަރެއް ނުކުރެވެ އެވެ.
އިއްޔެ އެޗެއް ގޮއްވާލާފައި މިވަނީ ނަންގަހާރުގެ ޝީއާ މިސްކިތެއްގައި މީގެ ހަތަރު ދުވަސް ކުރިން ބޮމެއް ގޮއްވާލައި ތިން މީހުން މަރުވެ15 މީހުން ޒަހަމްވެފައި ވަނިކޮށެވެ.
އަފްގާނިސްތާނުގެ ވެރިކަމަށް ތޯލިބާނުން އިސްވި ފަހުން އެ ގައުމުގެ ޝީއާ މުސްލިމުންނަށް އަމާޒުކޮށް އައިއެސްއިން ދަނީ ކޮންމެ ހަފްތާއަކު ހަމަލާތައް ދެމުންނެވެ. މިދިޔަ ހަފްތާގައި ވަނީ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާތަކެއްދީ19 މީހުން މަރާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް