އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް ނުފޫޒެއް ނުވާނެ: ޕީޖީ

އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް ނުފޫޒެއް ނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާލުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ މިހާރުކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި  1...

14 Nov 2021 | 09:45

އެއްވެސް މައްސަލައެއް ނިންމުމުގައި އެއްވެސް ނުފޫޒެއް ނުވާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާލުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިހާރުކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި  100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު ދެ މީހުން ދޫކޮށްލުމުގައި ސިޔާސީ ބައެއް އިސް މީހުންގެ ނުފޫޒު އޮތް ކަމަށް ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން ނެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެއްވެސް މައްސަލައެއްގައި އެއްވެސް މީހަކު ބަންދުގައި ބަހައްޓާކަށް ވެސް، ދޫކޮށްލާކަށް ވެސް އެ އޮފީހަކަށް އެއްވެސް ނުފޫޒެއް ނޯންނާނެ ކަމަށެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯގެ ހެރޮއިންއާ އެކު 10 މީހުން ހައްޔަރުކޮށްފައިވާ އިރު، އޭގެތެރެއިން, ކްރިމިނަލް ކޯޓުން ދޫކޮށްލި ދެ މީހުންގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ނުކުރަން ޕީޖީ އޮފީހުން ނިންމި ސަބަަބު ވެސް ޝަމީމު ވަނީ ވިދާޅުވެދެއްވާފަ އެވެ.

"ހައިކޯޓު މަރުހަލާގައި އިތުރު ހެކި ހުށަހެޅުމުގެ ފުރުސަތު ނޯންނާނެތީއާއި، ދަށުކޯޓަށް ހުށަހެޅުނު ހެކި ގަރީނާގެ މައްޗަށް ބަލައި ބަންދުން ދޫކޮށްލި އަމުރު އިސްތިއުނާފު ކޮށްގެން ވަކި ތަފާތު ނަތީޖާއެއް ނެރެވިދާނެކަމަށް ނުފެނޭ. ޕީޖީ ޝަމީމް ވިދަލުވި އެވެ.

އެ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް