ދެ ކިލޯ އަށްވުރެ ގިނަ ޑްރަގާ އެކީ ހައްޔަރު ކުރި އެއްބަޔަކު ދޫކޮށްލައިފި

މިދިޔަ މަހުގެ 10 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯ އަށްވުރެ ގިނަ ޑްރަގާ އެކީ ހައްޔަރު ކުރި އެއްބަޔަކު ދޫކޮށްލައިފި އެވެ. ފުލުހުން ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގ...

14 Nov 2021 | 08:21

މިދިޔަ މަހުގެ 10 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ކިލޯ އަށްވުރެ ގިނަ ޑްރަގާ އެކީ ހައްޔަރު ކުރި އެއްބަޔަކު ދޫކޮށްލައިފި އެވެ.

ފުލުހުން ވިދާޅުވީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑްރަގާއެކު ހަތް މީހަކު ހައްޔަރު ކުރި ކަމަށެވެ.

މި އޮޕަރޭޝަނުގައި ދެ ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި ބަނގުރާފުޅިއަކާއި 200 ގްރާމަށްވުރެ ގިނަ ހެރޮއިން އަތުލައިގެންފައި ވެއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ ހަތަރު ދިވެހި ފިރިހެނުންނާއި ތިން ދިވެހި އަންހެނުންނެވެ. އެއީ 55އ، 33އ، އ29 އަދި 22 އަހަރުގެ ހަތަރު ފިރިހެނުންނެވެ. އަދި 53 އަހަރާއި 30 އަދި 24 އަހަރުގެ ތިން އަންހެނުންނެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތު ޖަހައިދިނީ ތިން މީހަކަށް ކަމަށެވެ. އެއީ 29 އަހަރުގެ މީހާ އާއި 33 އަހަރުގެ މީހާއަށެވެ.

ދެން ހައްޔަރު ކުރި ފަސް މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް