ވީއައިއޭ ގައި ހުންނަ ޕޯސްޓް ޝޮޕުން އެމްޓީސީސީ ބަސް ކާޑު ދޫކުރަން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް ޕޯސްޓު ޝޮޕުން ބަސް ކާޑުގެ ޚިދުމަތް ދޭނެ ކަމަށެވެ.
ބަސް ދަތުރު ކާޑު ވިއްކުމާއި ބަސް ދަތުރު ކާޑު ރީލޯޑު ކޮށްދިނުމާއި ސިންގަލް ޖަރނީ ޓިކެޓް އެ ފިހާރައިން ލިބޭނޭކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ ވެބްސައިޓުންނާއި ބަސް އެޕްލިކޭޝަން ނުވަތަ ކޯލް ސެންޓަރު ނަންބަރު 1650ށް ގުޅައިގެން އެކަމުގެ އިތުރު މައުލޫމާތު ހޯދޭނެ ކަމަށެވެ.
ބަސް ކާޑު ހޯދުމާއި ކާޑަށް ރުފިޔާ އެޅުމުގެ ޚިދުމަތް މާލެއިން މިހާރުދެނީ ހެންވޭރު ފެރީ ޓަރމިނަލާއި މާފަންނު ފެރީ ޓަރމިނަލާއި ވިލިނގިލި ފެރީ ޓަރމިނަލާއި މާފަންނު ބަސް ޓަރމިނަލުން ނެވެ. މި ޚިދުމަތް ހުޅުމާލެއިން ދެނީ ހުޅުމާލެ ފެރީ ޓަރމިނަލާއި ފަހި ޕްލާޒާ ފިހާރައިން ނެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސްޓޮޕް ވަން ކައުންޓަރުން ވެސް މި ޚިދުމަތް މިހާރުލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް