އެމެރިކާގެ އެސިސްޓެންޓް ސެކެޓްރީ ފޯ ސްޓޭޓް އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޑޮނަލްޑް ލޫ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައި ގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމެރިކާ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވީ ޑޮނަލްޑް ލޫގެ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ ކަމުގައެވެ.
އަދި މި ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަދަނީ ޖަމިއްޔާތަކުގެ ލީޑަރުންނާ ބައްދަލު ކުރައްވާނެ ކަމުގައި ހާމަކޮށްފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މާލޭގައި އެމްބަސީ ހިންގާނެ ބިމެއް ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަރަށް ފަހުންވެސް މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. އަދި މީގެ ދެމަސް ދުވަސް ކުރިން އެމެރިކާއިން ވަނީ ރާއްޖެއަށް 128،700 ޑޯޒް ފައިޒާ ވެކްސިން ހަދިޔާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް