ކުޑަކުދިން ހަކުރުބަލިން ރައްކާތެރި ކުރުމަށް ކުރެވޭނެ ކަމެއް ނެތަސް މިކަންކަމަށް ސަމާލުކަންދީ!

ހަކުރު ބައްޔަކީ ވަކި އުމުރުފުރާއެއްގެ މީހުންނަށް ޖެހޭ ބައްޗެއް ނޫނެވެ. ހަކުރު ބަލީގައި ބޮޑުވަރުވާ މީހުންނާއި އާދައިގެ ގޮތަކަށް ބަލީގައި އުޅެންޖެހޭ މީހުން ތިބެ އެވެ. ހަކުރު ބަލި ކުޑަކުދިންނާއި ހުރި ގުޅ...

14 Nov 2021 | 06:24

ހަކުރު ބައްޔަކީ ވަކި އުމުރުފުރާއެއްގެ މީހުންނަށް ޖެހޭ ބައްޗެއް ނޫނެވެ. ހަކުރު ބަލީގައި ބޮޑުވަރުވާ މީހުންނާއި އާދައިގެ ގޮތަކަށް ބަލީގައި އުޅެންޖެހޭ މީހުން ތިބެ އެވެ.

ހަކުރު ބަލި ކުޑަކުދިންނާއި ހުރި ގުޅުމަށް ބަލާލާއިރު މަދުން ނަމަވެސް ކުޑަކުދިންނަށް ހަކުރު ބަލި ޖެހެ އެވެ. އެކަމަކު މި ބަލި ޖެހިދާޏެ ކަމަށް ދުރާލާ ދެވޭނެ ފަރުވައެއް ނެތެވެ. އާންމުގޮތެއްގައި ކުޑަކުދިންނަށް ޖެހެނީ ހަކުރުބަލީގެ ވައްތަރެއް ކަމަށްވާ ޓައިޕް ވަން އެވެ.

އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ކުޑަކުދިންގެ ތެރެއިން ހަކުރު ބަލި ޖެހޭ ކުދިންގެ ކިބައިން ފެންނަ ޓައިޕް ވަންއަކީ އިންސިއުލިން ބޭނުންވާވަރަށް ނުއުފައްދާ ވައްތަރު ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އިންސިއުލިންއަކީ އެއްޗެއް ކައިބޮއެ ހެދީމަ ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށާއި ހުސްބަނޑާ ހުރުމުން މަދުވެފައި ކެއީމާ ގިނަވާ އެއްޗެއް ކަމަށެވެ.

ހަކުރުބަލީގައި މިގޮތަށް ހަށިގަނޑުން އިންސިއުލިން ނުއުފައްދާދޭތީ، ރަނގަޅަށް ހުންނަ ހަށިގަނޑެއްގައި އިންސިއުލިން އުފައްދާގޮތަށް ޖެހޭނީ އިންސިއުލިން ޖަހަންށެވެ.

ޑރ. ފައިސަލް ވިދާޅުވީ ދުރާލާ ދެވޭނެ ފަރުވާއެއް ނެތް ނަމަވެސް ކުއްޖާގެ ގައިން ހަކުރު ބަލީގެ އަލާމާތްތައް ފެންނަކަން ފާހަގަ ކުރާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ އޭގެ ތެރޭގައި ކުއްޖާ މާގިނައިން ހީސްލައި، އަބަދު ފެންބޮއެބޮއެ ހުރުމާއި، ބަރުދަން ލުއިވަމުން ދާނަމަ ހަކުރު ޓެސްޓުކޮށްލުން ރަނގަޅު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިކަންކަމަށް ފަރުވާ ނުބެހެއްޓިއްޖެ ނަމަ މާ ލަސްވެ ގޯސްވެއްޖެނަމަ ނޭވާލާނީ ލަސް އަދި ފުންކޮށް ކަމަށާއި އުނދަގޫ ގޮތަކަށް، ލާ ނޭވާގައި މޭވާފިހާރަތަކުގައި ދުވާކަހަލަ ވަހެއް ހުންނާނެ އެވެ. އަދި ބައެއް ކުދިން ކޯމާއަށްވެސްދެ އެވެ.

އައިޖިއެމްއެޗުގެ ތަފާސް ހިސާބަށް ބަލާއިރު ޑޮކްޓަރަށް ދައްކާ ކުޑަކުދިންގެ ތެރެއިން މަހަކު އެކެއް ނުވަތަ ދެ ކުދިންނަށް ހަކުރު ބަލިޖެހެ އެވެ. އެކަމަކު އާންމުގޮތެއްގައ ހަކުރު ބަލި ޖެހެނީ އެހާ ކުޑަކުދިންނަކަށް ނޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް