މިއަދުގެ ކުރިޔަށް އޮތް ވަގުތުތަކުގައިވެސް ކަނޑާއި ވައި ވަރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ހއ. އަތޮޅުން ވ. އަޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ކަމަށެވެ. އެ ސަރަހައްދަށް ރޭ މެންދަމު3:00 ގައި ނެރުނު ވައިޓް އެލާޓުގެ މުއްދަތ މިހާރު ހަވީރު މެންދުރު ފަހު3:00 އަށް އިތުރު ކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް އާންމުގޮތެއްގައި ވައިޖެހޭނީ22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށެވެ. ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައިވާއިރު ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.
މިހާރު ރާއްޖެ ސަރަހައްދުގެ ވަޔާއި ކަނޑުތައް ގަދަވެފައި މިވަނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެ ކޮޅިގަނޑު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ އައްސޭރި ފަށަށް އަރާފަ އެވެ.
މެޓް އޮފީހުން މައުލޫމާތުދޭގޮތުގައި އެ ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް މިހަފްތާގައި ކުރާނެ އެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް