ނިއުމާ ވަރަށް އަވަހަށް ކައިވެނި ކުރަނީ!

ދިވެހި ފިލްމީ ދާއިރާގައި އުފެދުނު ދެވަނައެއް ނެތް ފަންނާނު، ނިއުމާ މުހައްމަދު ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އިޝާރާތެއް ކޮށްފި އެވެ. މީގެ ކުރިން ތިން ކައިވެނި ކޮށްފައިވާ ނިއުމާގެ ތިން ވަނަ...

14 Nov 2021 | 04:52

ދިވެހި ފިލްމީ ދާއިރާގައި އުފެދުނު ދެވަނައެއް ނެތް ފަންނާނު، ނިއުމާ މުހައްމަދު ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އިޝާރާތެއް ކޮށްފި އެވެ.

މީގެ ކުރިން ތިން ކައިވެނި ކޮށްފައިވާ ނިއުމާގެ ތިން ވަނަ ކައިވެންޏަށް އަންހެން ދަރިއަކު ލިބިފައި ހުރެ އެވެ.2014 ވަނަ އަހަރު ތިން ވަނަ ކައިވެނި ނިމުމަކަށް ގެނައި ފަހުން ނިއުމާގެ ލޯބިވެރިންނާއި ގުޅޭ ވާހަކަތައް މާބޮޑަކަށް ނީވެ އެވެ.

ދިވެހި ޗެނަލް އިން ދައްކާ "ލޯބިލޯބިން" ޕްރޮގްރާމްގައި ވާހަކަދައްކަމުން ނިއުމާ ބުނީ އޭނާގެ ލޯބިވެރިއަކު ހުންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް ކައިވެނި ކުރާކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކި އެވެ. އެކަމަކު މާބޮޑު ތަފްސީލެއް ނުދެ އެވެ.

އެމީހަކަކީ ފިލްމީ ދާއިރާއަށް ނިސްބަތްވާ މީހެއް ކަމެއްވެސް ނޭނގެ އެވެ.

ނިއުމާ ބުނީ ހަޔާތުގެ ބައިވެރިއަކު އިހްތިޔާރު ކުރާއިރު އޭނާ ބަލާ މުހިންމު ކަންތައްތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި، އިތުބާރު ކުރުމާއި، ސާފް ތާހިރުވުމާއި، ދީނަށް ލޯބި ކުރާ މީހަަކަށް ވުމަކީ ނިއުމާގެ ފިރިއެއްގެ ގައިގަ ހުންނަން ޖެހޭ ސިފަތަކެކެވެ.

ނިއުމާބުނީ އޭނާ އެންމެ ފުރަތަމަ ލޯބިވެރިޔަކު ހޯދީ އުމުރުން 21 އަހަރުގައި ކަމަށެވެ.

ނިއުމާ މިހާރު ކެމެރާގެ ކުރިމަތިން ނުފެންނަތާ ދެ އަހަރު ވެއްޖެ އެވެ. މީގެ ދެ އަހަރު ކުރިން އޭނާ ބުނެފައިވާ ގޮތުގައި އެކްޓިންއާ ދުރަށް ޖެހިލަނީ ދަރިފުޅު ޒޯއީއަށް ވަގުތު ދިނުމުގެ ގޮތުންނެވެ.

މިހާރު ނިއުމާ ފިލްމީ ދާއިރާގައި ކުރާ މަސައްކަތަކީ ޕްރޮޑިއުސް ކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް