ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމަށް ޖާގަ ނުދިނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ގޮވާލައްވައިފި އެވެ.
ޑރ. މައުސޫމް މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ. ޑރ. މައުސޫމް މި ޓްވީޓް ކުރައްވާފައި މިވަނީ 2019 ވަނަ އަހަރު ދުނިޔެއާއި ކުރިމަތިލާން ޖެހުނު ކޮވިޑް 19 ގެ ހާލަތު ބައެއް ޤައުުމުތަކުން ބޮޑު ތަނުން އަރައިގަނެވުމަށްފަހު އަނެއްކާ ވެސް ކުރީގެ ހާލަތަށް ރުޖޫއަ ވަމުން އަންނަ ދަނޑިވަޅެއްގައެވެ.
އެގޮތުން ޑރ. މައުސޫމްގެ ޓްވީޓްގައި ވިދާޅުވީ ކޮވިޑް އިން ދިފާއު ވުމަށްޓަކައި ވެކްސިން ޖެހިޔަސް ނުބަލާ އުޅުމުން ބައެއް ޤައުމުތަކުގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނަ ކަމުގައެވެ. ނަމަވެސް ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުގެ ފުރުސަތާއި ޖާގަ ނުދިނުމަށް އިލްތިމާސް ކޮށްފައި ވެއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ "ރައްކާވެ ތިބިއްޔާ ދަތުރު، ރައްކާވެ ތިބިއްޔާ ފަތުރު! އިރާދަ ކުރެއްވިއްޔާ ދިވެހިންނަށް ވާނެ"
ކަމުގައެވެ. މިނިސްޓަރުގެ ޓްވީޓްގައި ރައްކާވެ ތިބިއްޔާ ދަތުރު، ރައްކާވެ ތިބިއްޔާ ފަތުރު މިހެން ވިދާޅުވެފައި ވާއިރު ކޮވިޑްގެ ސަބަބުން އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އަތޮޅުތަކުގައި ކޮވިޑް ޖެހޭ މިންވަރު ހަލުވި ކަމާއި އެކު ފެތުރެމުންދާ ދުވަސްވަރެއް ކަން ފާހަގަ ކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް