ޑްރަގް އެޖެންސީއަށް ނަރުހަކު ހޯދަން އިއުލާނު ކޮށްފި

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ރަޖިސްޓަރޑް ނަރުހަކު ހޯދަން އިއުލާނު ކޮށްފި އެވެ. އެ އެޖެންސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރަން ޖެހޭނީ ހުޅުމާލޭގެ ހާފްވޭ ހައުސް...

14 Nov 2017 | 05:38

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އަށް ރަޖިސްޓަރޑް ނަރުހަކު ހޯދަން އިއުލާނު ކޮށްފި އެވެ.

އެ އެޖެންސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާ އަދާކުރަން ޖެހޭނީ ހުޅުމާލޭގެ ހާފްވޭ ހައުސްގައި ކަމަށާއި މުސާރައިގެ ގޮތުގައި މަހަކު 6510ރ ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 2000ރ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މަހަކު އަސާސީ މުސާރައިގެ 35 އިންސައްތަ ލިބޭނެ ކަމަށެވެ.

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި އެ އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެ ކަމުގައި އެންޑީއޭއިން ބުނެފައި ވެ އެވެ.

"މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ، ކ. މާލެ)އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ." އެންޑީއޭގެ އިއުލާނުގައި ބުނެފައި ވެ އެވެ.

އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެންޑީއޭގެ އީ-މެއިލް އެޑްރެހަކީ، [email protected] ކަމަށާއި ފެކްސް ނަންބަރަކީ، 3328184 ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެ ކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް