ދެ ދަރިން ލައްވާ ހަށި ވިއްކުވި މެލޭޝިޔާ މަންމައަކަށް 150 އަހަރުގެ ޖަލު ހުކުމެއް

އުމުރުން 10 އަހަރާއި 13 އަހަރުގެ ދެ ކުދިން ލައްވާ ހަށި ވިއްކުވި މެލޭޝިޔަ މަންމައަކު 150 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ. ފޮޓޯގައި އެވާ އަންހެންމީހާގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މި މަހުގ...

13 Nov 2017 | 23:01

އުމުރުން 10 އަހަރާއި 13 އަހަރުގެ ދެ ކުދިން ލައްވާ ހަށި ވިއްކުވި މެލޭޝިޔަ މަންމައަކު 150 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ފޮޓޯގައި އެވާ އަންހެންމީހާގެ މައްޗަށް މި ހުކުމް ކޮށްފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރުވަނަ ދުވަހުން ފެށިގެން ޖެހިޖެހިގެން ހަތަރު ދުވަހު އެ ދެކުދިން ލައްވާ ހަށި ވިއްކުވިކަން ސާބިތު ވުމުންނެވެ.

މި އަންހެން މީހާ އޭނާގެ ދެ ދަރިން ލައްވާ ހަށި ވިއްކުވާފައިވަނީ ބަންގްލަދޭޝްގެ ދެމީހަކަށެވެ. ދުވާލަކަށް 16 ޑޮލަރުގެ މަގުންނެވެ.

މި އަންހެންމީހާގެ އުމުރުން ތިން އަހަރާއި ފަސް އަހަރުގެ އިތުރު ދެ ކުޑަކުދިން ގޭގައި ތިބިކަމަށްބުނެ ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށްދޭން މި އަންހެންމީހާ އެދުނެވެ. އެހެންނަމަވެސް ކޯޓުން ނިންމީ އޭނާގެ ކުދިންތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް