އައިފޯނު އެކްސް އަށްވުރެ ޕިކްސެލް 2 އެކްސްއެލް މާ ރަނގަޅު – މިއޮތީ ހަތް ސަބަބު

އައިފޯނު އެކްސްގެ އަގަކީ ރަސްމީ އަގަށް ބެލި ނަމަވެސް 999 ޑޮލަރެވެ. ޕިކްސެލް އެކްސްއެލް ގެ ރަސްމީ އަގު ފެށެނީ 849 ޑޮލަރުންނެވެ. މިއީ މި ދެފޯނު އަޅާ ކިޔުމަށްފަހު ބިޒްނަސް އިންސައިޑާގައި ލިޔެފައިވާ ލިޔުމ...

13 Nov 2017 | 22:18

އައިފޯނު އެކްސްގެ އަގަކީ ރަސްމީ އަގަށް ބެލި ނަމަވެސް 999 ޑޮލަރެވެ. ޕިކްސެލް އެކްސްއެލް ގެ ރަސްމީ އަގު ފެށެނީ 849 ޑޮލަރުންނެވެ. މިއީ މި ދެފޯނު އަޅާ ކިޔުމަށްފަހު ބިޒްނަސް އިންސައިޑާގައި ލިޔެފައިވާ ލިޔުމެއްގެ ތަރުޖަމާ އެވެ. އެ އާޓިކަލްގައި ބުނެފައިވަނީ އައިފޯނު އެކްސް އެއް ގަތުމަށްވުރެ ގޫގަލް ޕިކްސެލް 2 އެކްސްއެލް އެއް ގަތުން މާ ރަނގަޅު ކަމަށެވެ. ހަތް ސަބަބެއް ބަޔާން ކޮށްފައި ވެ އެވެ.

  1. ޕިކްސެލް 2 އަދި ޕިކްސެލް 2 އެކްސްއެލް އައިފޯނަށްވުރެ އަގު ހެޔޮކަން
  2. ޕިކްސެލް ފޯނުތައް ގަންނައިރު ފޯނާއެކު ފާސްޓް ޗާޖަރު ލިބޭކަން، އައިފޯނު އެކްސްގައި ވަކިން ގަންނަން ޖެހޭކަން
  3. ދެ ފޯނުގެވެސް ގާތްގަނޑަކަށް ބަރުދަން އެއްވަރު އިރު ޕިކްސެލް 2 އެކްސްއެލްގެ ޑިސްޕްލޭ ސައިޒު ބޮޑުކަން
  4. ޕިކްސެލް 2 އެކްސްއެލްގައި ތަޅައިގެން ދާނެ ބިއްލޫރި މަދުކަމާ މަރާމާތަށް ދާ ހަރަދު އިންތިހާއަށް ކުޑަކަން
  5. އައިފޯނު އެކްސް އަށްވުރެ ޕިކްސެލް 2 އެކްސްއެލްގެ ސްޕީޑް އަވަސް ކަން
  6. ކެމެރާ ކޮލިޓީ ގާތްގަނޑަކަށް ހަމަ އެއްވަރުކަން
  7. އައިއޯއެސްއަށްވުރެ އެންޑްރޮއިޑް ކަސްޓަމައިޒް ކުރަން ފަސޭހަ ކަން

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް