އެޕަލް އިން ދެން ނެރޭނީ އައިފޯނު އެކްސް ޕްލަސް އަދި އިތުރު ދެ ފޯނު: ރިޕޯޓް

ފަތުއަޑު ކިޔާފައި މާކެޓްގައި އައިފޯނު އެކްސް ވިކެމުން އަންނައިރު އައިފޯނު އެކްސް އަކީ އެޕަލްއިން ހޯދި ފިސާރި ބޮޑު ކުރިއެރުމެއް ކަމުގައި ޓެކްނޮލޮޖީގެ އެނަލިސްޓުން ދެކެ އެވެ. ހަމަ އެކަނި އެކްސް އެއް ނޫނ...

13 Nov 2017 | 21:46

ފަތުއަޑު ކިޔާފައި މާކެޓްގައި އައިފޯނު އެކްސް ވިކެމުން އަންނައިރު އައިފޯނު އެކްސް އަކީ އެޕަލްއިން ހޯދި ފިސާރި ބޮޑު ކުރިއެރުމެއް ކަމުގައި ޓެކްނޮލޮޖީގެ އެނަލިސްޓުން ދެކެ އެވެ. ހަމަ އެކަނި އެކްސް އެއް ނޫނެވެ. އައިފޯނު 8 އަދި 8 ޕްލަސްވެސް އަކީވެސް އެޕަލްގެ ކާމިޔާބު އުފެއްދުމެއްކަން މި އުފެއްދުންތައް ވިކެމުން އަންނަ ރޭޓަށް ބަލާލުމުން އެނގެ އެވެ.

އައިފޯނު 8 އަދި 8 ޕްލަސް އާއި އައިފޯނު އެކްސްގެ ވާހަކަ ބާއްވާފައި މިއޮތީ އައު ވާހަކަ އެކެވެ. އެއީ އަންނަ 2018 ވަނަ އަހަރު އެޕަލް އިން ނެރޭނެ ކަމަށް ބެލެވޭ އުފެއްދުންތަކުގެ ވާހަކަ އެވެ. ހާއްސަކޮށް އަލަށް ނެރޭނެ ފޯނުތަކުގެ ވާހަކަ އެވެ.

މި ވާހަކަތަކަށް ނަޒަރު ހިންގާލާއިރު ސެކިއުރިޓީ އެނަލިސްޓް ފާމެއް ކަމުގައިވާ ކޭޖީއައި އިން މިވަނީ މިކަމާގުޅޭ ރިޕޯޓެއް އާންމު ކޮށްފަ އެވެ އެ ރިޕޯޓްގައިވާގޮތުން ނަމަ އަންނަ އަހަރު އެޕަލް އިން ނެރޭ އެއް އުފެއްދުމަކަށް ވެގެންދާނީ އައިފޯނު އެކްސް ޕްލަސް އެވެ. އެންމެ ބޮޑު ތަފާތަކަށް ވެގެންދާނި އައިފޯނު އެކްސް ޕްލަސްގެ ސައިޒު އައިފޯނު އެކްސް އަށްވުރެ ބޮޑުވުން ކަމުގައި އެ ރިޕޯޓްގައި ފާހަގަ ކޮށްފައި ވެ އެވެ.

އިތުރު ދެ  ފޯނެއް އަންނަ އަހަރު ނެރޭނެ ކަމުގައިވެސް އެ ރި÷ޕޯޓްގައި ފާހަގަ ކޮށްފައި ވެ އެވެ. ނަމަވެސް އެ ދެ ފޯނަށް ދޭނެ މޮޑެލް ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް