ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނެބިސް ޝިޕްމަންޓެއް އަތުލައިގެންފި

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނެބިސް ބޮޑު ޝިޕްމަންޓެއް ހިފަހައްޓާފައިވާކަން ހޯމް މިނިސްޓަރު ހާމަކުރައްވައިފިއެވެ. އެގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވ...

14 Oct 2024 | 18:33

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެކުރި ކެނެބިސް ބޮޑު ޝިޕްމަންޓެއް ހިފަހައްޓާފައިވާކަން ހޯމް މިނިސްޓަރު ހާމަކުރައްވައިފިއެވެ.

އެގޮތުން ހޯމް މިނިސްޓަރު އަލީ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާދި ދެންމެއަކު "ވޭޕް އޮއިލް" ގެ ނަމުގައި ރާއްޖެއަށް އެތެރެކުރެވުނު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނެބިސް އަޅާފައިވާ ޝިޕްމެންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާކަމަށެވެ.

"މިއީ ރައީސް މުއިއްޒު މިއަދު ނެންގެވި ޑިޒިޝަން ނަންގަވަން ޖެހުނު އެންމެ ބޮޑު އެއް ސަބަބު" ހޯމް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ރައީސް މިއަދު ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގަވާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް