ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުމަކީ ޤައުމުގެ މާދަމާގެ މުސްތަގްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް: މަޖިލިސް ރައީސް

ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމަކީ ޤައުމުގެ މާދަމާގެ މުސްތަގްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމުގައި ރައްޔިތުނ...

14 Oct 2024 | 15:39

ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމަކީ ޤައުމުގެ މާދަމާގެ މުސްތަގްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މަޖިލިސް ރައީސް ވިދާޅުވެފައިވަނީ ވޭޕުގެ ނުރައްކަލުން ދިވެހި ޤައުމު ސަލާމަތް ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތިޔަ ނިންމެވި ވަރުގަދަ ނިންމެވުމަކީ މި ޤައުމުގެ މާދަމާގެ މުސްތަޤްބަލަށްޓަކައި ނިންމެވި ނުހަނު ބޭނުންތެރި ނިންމެވުމެއް ކަމަށެވެ.

"މަރްޙަބާ އާއި ތަހްނިޔާ އަރިސްކުރަން" އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.

ރައީސް މިއަދު ނިންމެވި ނިންމެވުމުގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގަވާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް