ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖެއަށް ވޭޕް ކުރުމާ ގުޅޭ ތަކެތި ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސް ނިންމަވައިފިއެވެ. އެގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ވޭޕްކުރުމަށް ބޭނުން...

14 Oct 2024 | 12:48

ރާއްޖެއަށް ވޭޕް ކުރުމާ ގުޅޭ ތަކެތި ނޮވެމްބަރު 15 އިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް ރައީސް ނިންމަވައިފިއެވެ.

އެގޮތުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފިން ކަމަށެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިމިވަނީ ރާއްޖޭގައި ވޭޕް މަނާކުރުމަށް ގިނަ ފަރާތްތަކަކުން ގޮވާލަމުންދިޔަ ދަނޑިވަޅެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް