އިމާރާތަކުން ވެއްޓުނު އަންހެން ކުއްޖާގެ މަރުގެ މައްސަލައިގައިި ޒާތީ މައުލޫމާތު އާއްމުކުރުން ގިނަ ބަޔަކު ރަތަށް!

މާލޭގައި އިމާރާތަކުން ވެއްޓި މަރުވި ޒުވާން އަންހެން ކުއްޖާގެ ޒާތީ މައުލޫމާތުތައް ފުލުހުން އާއްމުކުރުމުން އާއްމުން ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ. މިދިޔަ އޮގަސްޓު މަހު އެ އަންހެން މ...

14 Oct 2024 | 12:09

މާލޭގައި އިމާރާތަކުން ވެއްޓި މަރުވި ޒުވާން އަންހެން ކުއްޖާގެ ޒާތީ މައުލޫމާތުތައް ފުލުހުން އާއްމުކުރުމުން އާއްމުން ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

މިދިޔަ އޮގަސްޓު މަހު އެ އަންހެން މަރުވީ މާފަންނު ގެއެއްގެ ނުވަ ވަނަ ފަންގިފިލާއިން ވެއްޓިގެންނެވެ. އެ ކުއްޖާގެ އުމުރަކީ25 އަހަރެވެ.

ޗެނަލް13 އިން އެކުއްޖާގެ މަރުގެ މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ޒާތީ އެތައް މައުލޫމާތެއް ހިމެނޭހެން ރިޕޯޓެއް ގެނެސްފައިވާ އިރު، އިއްޔެ ފުލުހުން ބޭއްވި ނޫސްކޮންފަރެސްއެއްގައިވެސް ވަނީ އެ ކުއްޖާގެ ދޮން ބައްޕަ ނާޒިމް އަށް އަމާޒުވި ތުހުމަތުގެ ދިފާއުގައި، މަރުގެ މައްސަލައެއްގައި އާއްމުކުރަން ނުވާ މިންވަރަށް ގިނަ މައުލޫމާތު ތަކެއް އާއްމުކޮށްފައެވެ.

އެ ނޫސްކޮންފަރެސްގައި، މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު، އަންހެން ކުއްޖާގެ ގިނަ ޒާތީ މައުލޫމާތުތަކެއް އާއްމުކުރިއެވެ.

އެ ކުއްޖާގެ ހަށިގަނޑުގެ ގިނަ ޓެސްޓުތަކެއް ހަދާފައިވާ ކަމާއި، ޖިންސީ ގޯނާގެ ތުހުމަތުތައް ޝ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް