ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މ. މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް ނިންމައިފިއެވެ.
މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުުރުމަށް ނިންމާފައިވަނީ، މިއަދު ހަވީރު16:00 ގައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ241 އިން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުރައިދޫގެއަށް ބަދަލުވެވަޑައިގެންފައިވަނީ މިދިޔަ ޖުލައި މަހު އެ ގޭގެ މަރާމާތުތަކެއް ކުރުމަށް ފަހުއެވެ. އޭގެ ފަހުން އެގެއަށް މުވައްޒަފުންތަކެއް ނަގާފައިވެއެވެ.
އޭގެ ތެރޭގައި ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަންކޮށްފައިވާއިރު، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް އައްޔަން ކުރައްވާފައެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް