ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކަށް، މުވައްޒަފުންތަކެއް ގަނާ ކުރާ މައްސަލައެއް ހޫނުވެ، މިފްކޯއިން މައްސަލަ ބަލަނީ!

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކަށް އެތަނުގެ ބައެއް މުވައްޒިފުން ގަނާކޮށް، ނަފްސާނީ ގެއްލުން ތަކެއް ދީފައިވާ މައްސަލައެއް ހޫނުވެ، އެ މައްސަލަ މިފް...

14 Oct 2024 | 11:46

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރާ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފަކަށް އެތަނުގެ ބައެއް މުވައްޒިފުން ގަނާކޮށް، ނަފްސާނީ ގެއްލުން ތަކެއް ދީފައިވާ މައްސަލައެއް ހޫނުވެ، އެ މައްސަލަ މިފްކޯއިން ބަލަން ފަށައިފިއެވެ.

އެ މުވައްޒަފުގެ އާއިލާ މީހަކު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާ ވަޒީފާ އަދާ ކުރުމަށް ވަޒީފާއަށް ދާ ކޮންމެ ދުވަހަކުވެސް އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އޭނާއަށް ޣަނާކޮށް ހަދާ ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ އޭނާއަކީ ދެ ކުދިންގެ ބައްޕައެއް ކަމަށާއި ވަޒީފާ އަދާ ކުރުމަށް ދަނީ ދަރިންގެ ހައްގުގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާއަށް ޣަނާކުރުމުން އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ކޮށްފިނަމަ ޖަމާއަތް ހަދައިގެން އޭނާއަށް އަނިޔާ ކުރާ ކަމަށް ވެސް އެ ޕޯސްޓުގައި ތުހުމަތުކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން ކޫއްޑޫ ފިޝިން ކޮމްޕްލެކްސް ހިންގާ މިފްކޯގެ މީޑިއާ އޮފިޝަލަކު މިއަދު ވިިދާޅުވީ އެ މައްސަލަ މިހާރު އެ ކުންފުނީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަން ފަށާފައިވާކަމަށެެވެ.

މީގެއިތުރުން މިފަދަ މައްސަލަ ތަކަކީ "ޓޮލެރޭޓް" ކުރާނެ މައްސަލައެއް ނޫން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމުގައި ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ޣަނާ ކުރި މުވައްޒިފުންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ކިަންވެސް މިފްކޯގެ މީޑިއާ އޮފިޝަލު ވަނީ ދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް