ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސްގެ އެންގެވުމާއި އެކީ ދިފާއީ ވުޒާރާއިން ހައި ކޯޓުގައި އިސްތިއުނާފުކުރި އިސްތިއުނާފުކުރި އިންފޮމޭޝަނަރގެ ނިންމުން ބަދަލު ކުރުމުގެ މައްސަލަ މިހާރު ވަނީ އަނބުރާ ގެންގޮޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.
އިންޑިއާގެ މަދަނީން ދުއްވަމުންދާ ޑޯނިއާ އުޅަނދުތައް ދުއްވުމަށް2021 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްއިން ދެ އޮފިސަރަކު ތަމްރީނުކޮށްފައިވެއެވެ.އެއީ ސިފައިންގެ ފަސްޓު ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީއެވެ.
އޭގެ ފަހުން ފަސް ޕައިލެޓަކު އަސްކަރީ އަޅަނދުތައް ދުއްވުމަށް ތަމްރީނުކޮށް، އަދި ހަތަރު ޕައިލެޓަކު ޑޯނިއާ ކޮންވާޝަން ކޯސް ފުރިހަމަކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވާފައެވެ. ދިވެހި ޑިފެންސް މިނިސްޓަްރީން، ތަމްރީނުވެފައިވާ ދިވެހި ސިފައިންނަށް ޑޯނިއާ އުޅަނދުތައް ދުއްވަން ނުދޭ ސަބަބު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އެންގެވުމުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅުި މިދިޔަ ހަފްތާގައެވެ.
މި މައުލޫމާތު ހާމަނުކުރުމަށް ޑިފެންސްއިން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ29 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކުރަނީ އެ މައުލޫމާތެއް ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ސިއްރުކުރުމުގެ އިހްތިޔާރު އޮންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް