މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އަވަހާރަވުމާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އިބްރާހިމް އަވަހަާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ މެސެޖެއް ފޮނުވައިފިއެވެ. އަބްދުލްޣަފޫރުގެ އާއިލާއަށް ތައުވިޔާ ވިދާޅުވަމުން ރައީ...

14 Oct 2024 | 10:20

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްޣަފޫރު އިބްރާހިމް އަވަހަާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ މެސެޖެއް ފޮނުވައިފިއެވެ.

އަބްދުލްޣަފޫރުގެ އާއިލާއަށް ތައުވިޔާ ވިދާޅުވަމުން ރައީސް ވަނީ އަބްދުލްޣަފޫރު ދައުލަތައް ކޮށްދެއްވެވި ޚިދުމަތްތައް ފާހަގަކުރައްވާފައެވެ.

ކިޑްނީގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދިޔަ އަބްދުލްޣަފޫރު އަވަހަާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.އޭނާ އަވަހަާރަ ވެފައިވަނީ އިންޑިއާގެ ބެންގަލޫރުގައެވެ.

އަބްދުލްޣަފޫރަކީ 2002 ވަނަ އަހަރުން2009 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވެވި ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް