ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، އދ ގެ އާއްމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެވަޑައިގަތުމަށް އެމެރިކާއަށް ކުރެއްވެވި ދަތުރުފުޅަށް ދައުލަތުން ހަރަދުކޮށްފައިވަނީ ދެ މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މިދިޔަ މަހު20 ވަނަ ދުވަހުން29 ވަނަ ދުވަހަށް ކުރެއްވެވި އެ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން ޖުމްލަ2،455،583.1ރ ހަރަދުކޮށްފައިވާ ކަމަށް މިއަދު މީޑިއާތަކަށް ރައީސް އޮފީހުން މައުލޫމާތު ދެއްވަމުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން ރައީސް އޮފީހުން ބުނީ2019 ވަނަ އަހަރު ރައީސް ސޯލިހު ކުރެއްވެވިި ދަތުރުފުޅަށް ދައުލަތުން4،171،832.42ރ ހަރަދުކޮށްފައިވާ ކަމަށާއި2021 ވަނަ އަހަރު އެމެރިކާއަށް ރައީސް ސޯލިހު ކުރެއްވެވި ދަތުރުފުޅަށް ސަރުކާރުން5،349،505.88ރ ހޭދަކޮށްފައިވާކަން ފާހަގަކުރެއއްވިއެވެ.
އެ ދަތުރުފުޅުތަކާއި އަޅާ ބަލާއިރު ރައީސް ޑރ މުއިއްޒުގެ މި ދަތުރުފުޅުގެ ޚަރަދު ވަރަށް ބޮޑު ތަކުން ކުޑަ ކަން ވެސް ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް