މަޖިލީހުގެ ރައީސްގެ ގެކޮޅުގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް ރައީސް އެންގެވުމުން ކޮމިޓީ އަލުން ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ، މ.މުރައިދޫގެ ގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އަލުން ކޮމިޓީ ބޭއްވުމަށް ނިންމައިފިއެވެ. ސަލާމަތީ ޚިދުމަތްތަކ...

14 Oct 2024 | 09:52

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅުގެ، މ.މުރައިދޫގެ ގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އަލުން ކޮމިޓީ ބޭއްވުމަށް ނިންމައިފިއެވެ.

ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކުރެއްވުމަށް ރައީސް ޑރ މުއިއްޒު ވަނީ އަންގާފައެވެ. މިއަދު އެ ކޮމިޓީން ބޭއްވިި ސިއްރު ބައްދަލުވުމެއްގައިި މުރައިދޫގޭގައި ތިބި މުވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ވަނީ އެ ކޮމިޓީން ނިންމާފައެވެ. މުރައިދޫގޭގެ މުވައްޒަފުންނާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރުމަށް ހުށަހެޅީ ސަރުކާރުގެ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ.

ކޮމިޓީން މިއަދު މި ނިންމެވުން ނިންމާފައިވަނިކޮށް،241 ވަނަ ކޮމިޓީގެ އިތުރު ބައްދަލުވުމެއް މިއަދު ހަވީރު16:00 ގައި ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.

ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވަން ނިންމަވާފައިވަނީ މިއަދު އެ ކޮމިޓީން ނިންމި ނިންމުން ބަދަލުކުރެއްވުމަށް ރައީސް އެންގެވުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމިޓީން މުރައިދޫގެ ގޭގެ މުވައްޒަފުންގެ އަދަދާއި މުސާރަ އަދި ޚަރަދުތައް ހާމަނުކުރުމަށް ނިންމީ މަޖިލީހުގެ ރައީސްގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ދެކޭތީ ކަމަށް މައުލޫމާތު ލިބިއެވެ.

މުރައިދޫގޭގެ މަރާމާތަށް ފަހު މަޖިލީހުގެ ރައީސް އެ ގެކޮޅަށް ބަދަލުވެވަޑައިގަތީ ޖުލައި26 ވަނަ ދުވަހެެވެ. އެއަށް ފަހު އެމަނިކުފާނު ވަނީ މުރައިދޫގޭގެ އެކި މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައެވެ.

ދާދި ފަހުން މުރައިދޫގޭގެ ޑިރެކްޓަރު ޖެެނެރަލްގެ މަގާމަށް ވަނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އައްޔަންކޮށްފައެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް