ފީނަން ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއަކު، ފީނަން ގޮސް އުޅުމުގެ ތެރޭގައި މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ބުނެފައިވަނީ އއ.ގަންގެހި ރިސޯޓު ބޭރަށް "ސްނޯކްލިން" އަށް ގޮސް އުޅުނު ފަތުރ...

14 Oct 2024 | 09:02

ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއަކު، ފީނަން ގޮސް އުޅުމުގެ ތެރޭގައި މަރުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އއ.ގަންގެހި ރިސޯޓު ބޭރަށް "ސްނޯކްލިން" އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައިވާކަމަސް އިއްޔެ 11:22 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

"ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެ ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ ފަތުރުވެރިޔާއަކީ އއ. ރަސްދޫ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ، ޗައިނާއަށް ނިސްބަތްވާ، އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް