ޕިކަޕެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި

ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. އެމްއެންޑީއެފް އިން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުން ...

14 Oct 2024 | 08:29

ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ، އެ ބެޓެރީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު މިއަދު ހެނދުނު 08:39 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު  އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށާއި މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އެ ޕިކަޕުގެ ބެޓެރީގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު ހެނދުނު 08:42 ހާއިރުކަމަށެވެ.

މި ހާދިސާގައި ވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް