ފުރަންގޮސް ހުއްޓާ އަތުން މަސްތުވާތަކެތި ފެނުނު ޒުވާނާގެ ބަންދަށް 30 ދުވަސް

ޑޮމެސްޓިކް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ ފަސީހް 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. މިދިޔަ ބުދަ ދުވަހު ފުލުހުން ބުނެފައިވަ...

14 Oct 2024 | 08:24

ޑޮމެސްޓިކް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައިގާ ހައްޔަރުކޮށްފައިވާ ފަސީހް 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު ފުލުހުން ބުނެފައިވަނީ ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ހަވީރީގެ، ޢަބްދުﷲ ފަޞީހް (24އ) ކަމަށެވެ.

ޑޮމެސްޓިކް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ، މި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 340 ގްރާމް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް