އަރަބިކަނޑުގައި ހުރި ކޮޅިގަނޑު ބާރުގަދަވެ "ޑިޕްރެޝަން" އަކަށް

އަރަބިކަނޑުގައި އުފެދިފައިހުރި ކޮޅިގަނޑު ބާރުގަދަވެ "ޑިޕްރެޝަން" ގިންތިއަށް ބަދަލުވެފައިވާކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ. އެގޮތުން އެ ޑިޕާޓްމަންޓުން މިއަދު ހެނދުނު 09:0...

14 Oct 2024 | 06:26

އަރަބިކަނޑުގައި އުފެދިފައިހުރި ކޮޅިގަނޑު ބާރުގަދަވެ "ޑިޕްރެޝަން" ގިންތިއަށް ބަދަލުވެފައިވާކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

އެގޮތުން އެ ޑިޕާޓްމަންޓުން މިއަދު ހެނދުނު 09:00ގައި ނެރުނު މޫސުމީ ބުލެޓިންގައި ބުނެފައިވަނީ އެ ކޮޅިގަނޑު "ޑިޕްރެޝަނަކަށް" ބަދަލުވެފައިވާއިރު ގަޑިއަކު ހަތަރި ކިލޯމީޓަރުގެ ބާރުމިނުގައި ފާއިތުވި ހަ ގަޑިއިރަށް ބަލާއިރު މިސްރާބު ހުރީ އޮމާނާއި ޔަމަނާއި ދިމާއަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އޮމާންގެ އައްސޭރިފަށާއި ހަމައަށް ފޯރާނެ ކަމަށެވެ.

އަރަބިކަނޑުގައި ހުރި ކޮޅިގަނޑު ބާރުގަދަވެ "ޑިޕްރެޝަން" އެއްގެ ގިންތިއަށް ބަދަލުވެފައިވާއިރު ބަންގާޅު ކަނޑުގައި ހުރި ކޮޅިގަނޑުވެސް ވަނީ ބާރުގަދަވެ އެ ކޮޅިގަނޑުން "ލޯ ޕްރެޝަރ އޭރިއާ" އެއް އުފެދިފައެވެ. އަދި އެ ކޮޅިގަނޑުގެ މިސްރާބު ހުރީ އިންޑިއާގެ ތަމިލްނާޑޫއާއި އަންދްރަޕްރަދޭޝް އާއި ދިމާއަށް ކަމަށާއި ދެ ދުވަހުގެ ތެރޭގައި އެ ކޮޅިގަނޑު އަންދްރަޕްރަދޭޝްގެ އައްސޭރިއާއި ހަމައަށް ފޯރާނެ ކަމުގައި ބެލެވޭކަމަށް ބުނެފައިވެއެވެ.

މި ދުވަސްވަރަކީ އަރަބި އަދި ބަންގާޅު ކަނޑުގެ "ސައިކްލޯން ސީޒަން" އެވެ. އާއްމުގޮތެއްގައި އަރަބި ކަނޑާއި ބަންގާޅު ކަނޑުގައި އުފެދޭ ކޮޅިގަނޑު ތަކުގެ އަސަރު ނުސީދާ ގޮތެއްގައި ރާއްޖެއަށް ކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް