ޓުއަރިޒަމް ދާއިރާއިން ނަގާ ޓެކްސް 17 އިންސައްތައަށް ބޮޑުކުރަން ސަރުކާރުން ހުށަހަޅައިފި

ޓުއަރިޒަމް ދާއިރާއިން ނަގަމުން އަންނަ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) 17 އިންސައްތައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މިހާރު އެ ޓެކްސް ނަގަ...

14 Oct 2024 | 06:12

ޓުއަރިޒަމް ދާއިރާއިން ނަގަމުން އަންނަ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) 17 އިންސައްތައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިހާރު އެ ޓެކްސް ނަގަމުން އަންނަނީ 16 އިންސައްތައެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅާފައިވާ މި އިސްލާހުގައިވަނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން މި ޓެކްސް 17 އިންސައްތައިގާ ނެގުމަށެވެ.

މީގެ އިތުރުން މިހާރުވެސް ނަގަމުން އަންނަ ގްރީން ޓެކްސް މިހާރު ނަގަމުން އަންނަ މިންވަރަށްވުރެ 100 އިންސައްތަ ބޮޑުކުރަންވެސް ވަނީ ނިންމާފައެވެ.

މި ބަދަލާއެކު 50 ކޮޓަރިއަށްވުރެ މަދު ގެސްޓް ހައުސްތަކާއި ރިސޯޓްތަކުން މިހާރު ނަގަމުން އަންނަ ތިން ޑޮލަރު ހަ ޑޮލަރަށް އަދި ބޮޑެތި ރިސޯޓްތަކުުން ނަގަމުން އަންނަ ހަ ޑޮލަރު ބޮލަކަށް 12 ޑޮލަރަށް ބަދަލުވެގެންދާނެއެވެ.

ގްރީން ޓެކްސް އަށް ގެނެވޭ ބަދަލު ގެންނަން ހުށަހަޅާފައިވަނީ މި ފެށޭ އަހަރު ފެށޭ ދުވަހުން ފެށިގެންނެވެ.

ޓީޖީއެސްޓީ އަދި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖުވެސް ބޮޑުކުރުމަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް