އީރާނުން ދެން ދީފާނެ ހަމަލާއަކުން އިސްރާއީލު ސަލާމަތްކޮށްދިނުމަށްކަމަށްބުނެ އެމެރިކާއިން އިސްރާއީލަށް "ޓާމިނަލް ހައި-އަލްޓިޓިއުޑް އޭރިއާ ޑިފެންސް" ސިސްޓަމަކާއި އެ ސިސްޓަމް އޮޕަރޭޓްކުރާނެ މީހަކު ފޮނުވާފައިވާކަމަށް އެމެރިކާގެ ޕެންޓަގަން އިން އެއްބަސްވެއްޖެއެވެ.
އެމެރިކާއިން ބުނެފައިވަނީ އޭޕްރީލް 13 އަދި އޮކްޓޯބަރު އެކެއްގައި އީރާނުން އިސްރާއީލަށް ދިންފަދަ ހަމަލާތަކުން ސަލާމަތް ވުމުގައި އެ ސިސްޓަމަކީ އިސްރާއީލު އަސްކަރިއްޔާއަށް މުހިއްމު ސިސްޓަމަކަށް ވާނެއެވެ.
އިސްރާއީލުން ޣައްޒާއާއި ލުބުނާނަށް ހުއްޓުމެއްނެތި ދެމުން އަންނަ ހަމަލާތަކަށް ފާޅުގައި އެންމެ ވާގިވެރިވަމުން އަންނަ ގައުމަކީ އެމެރިކާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް