ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަ ނުކުރުން ގޯސް: އަޒާން

ތަމްރީނު ހެދި ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަ ނުކުރުން ގޯސްކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ. އަޒާން މިހެން ވިދާޅުވެފައިވަނީ " ތަމްރީން ހެދި ...

14 Oct 2024 | 04:55

ތަމްރީނު ހެދި ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަ ނުކުރުން ގޯސްކަމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވެފައިވަނީ " ތަމްރީން ހެދި ދިވެހި ސިފައިންނަށް ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ޑިފެންސުން ކޯޓަށް" މި ސުރުހީގެ ދަށުން މިހާރު ނޫހުން އިއްޔެ ލިޔެ ޝާއިޢުކޮށްފައިވާ ޚަބަރު ކުއޯޓްކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަޒާންގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އެކަން އެހެންވީ ސަބަބު އެނގެން ގިނަ އަދަދެއްގެ ރައްޔިތުން ބޭނުންވާކަމަށާއި އަދި އެއީ ދިވހިރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

"ރައީސް އިބްރާހީމްގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނި އެންމެ ބޮޑު އެއް ސަބަބަކީ މިކަހަލަ ކަންކަން ފޮރުވުން، ޑިފެންސްގެ މި ނިންމުން ބަދަލުކުރާނެ ކަމަށް އުންމީދުކުރަން" އަޒާން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު (މަހޯލި) ދަށުން މިހާރު ނޫހުން އެ ނޫހުގެ ނޫސްވެރިޔާ ނާޒިމް ހަސަން ވަނީ، ތަމްރީނުކުރި ދިވެހި ޕައިލެޓުން އެއްވެސް ވަރަކަށް އަސްކަރީ މަތިންދާ ބޯޓު ދުއްވިތޯއާއި އަދި އެ ޕައިލަޓުން ތިއްބާ އެ ޕައިލެޓުން ބައިވެރި ނުކުރަނީ ކީއްވެތޯއާއި އަދި އެ ފަރާތްތައް ސިފައިންގެ ވަޒީފާއިން ވަކިވެފައިވާނަމަ ވަކިވީ ކޮން އިރަކުތޯ ސުވާލުކޮށްފައެވެ.

ޑިފެންސުން ނިންމީ އެ ގާނޫނުގެ 29 ވަނަ މާއްދާއާއި ހަވާލާދީ އެ މައުލޫމާތު ހާމަނުކުރުމަށެވެ. އަދި ފަހުން އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް